މާލެ: 31°C

މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އަނެއްކާވެސް ރިކޯޑު އަދަދަކަށް މައްޗަށް

މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އަނެއްކާވެސް ރިކޯޑު އަދަދަކަށް މައްޗަށް
April 24, 2023
2 ފަހަރު ބަލާފައި
މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އަނެއްކާވެސް ރިކޯޑު އަދަދަކަށް މައްޗަށް
މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އަނެއްކާ ވެސް ރިކޯޑު އަދަދަކަށް މަތިވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރު ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި ކަމަށާއި، މާލޭ ސަރަހައްދުގެ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވެފައިވާކަން ފާހަގަކުރެވިފައި ވާ ކަމަށެވެ. އެގޮތުން މިއަދު މެންދުރު 14:10 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުން ވެސް 25 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށް ނުވާނެހެން އެއާކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. މީގެއިތުރުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށާއި، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއި، އެހީތެރިކަން އެކުންފުންޏަށް ބޭނުންވާ ކަމުގައި ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެގޮތުން، އެހެން ދުވަސްވަރުތަކާ ހިލާފަށް މި ދުވަސްވަރު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކައެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އޭޕްރީލް އަދި މޭ މަހަކީ ރާއްޖެއަށް މިއަހަރު އެންމެ ހޫނު ގަދަ ވާނެ ދުވަސްތައް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ