މާލެ: 31°C
މާލެ ސަރަަހައްދުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރަން އަލުން ފަށައިފި

މާލެ ސަރަަހައްދުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރަން އަލުން ފަށައިފި

February 1, 2024
3 ފަހަރު ބަލާފައި
މާލެ ސަރަަހައްދުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރަން އަލުން ފަށައިފި
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރަން މިއަދު ފަށައިފިއެވެ. މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނީ ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މިއަދު ހެނދުނު 10:00 ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މިނިސްޓްރީއިން ބިން ލިބޭ ފަރާތްތަކަށް ގުޅާނެ ނަންބަރަކީ 4004797 އަދި 4004994 ކަމަށް ވެސް ބުނެފައިވެއެވެ. ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުންވެސް ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. އެ ތަންތަކުން ގޯތިލިބުނު މީހުންގެ ގުރުއަތުނަގާ، ސްލޮޓް ވެސް ވަނީ ކަނޑައަޅާފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރިއިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ މީހުންގެ އަދަދަކީ 19،631 އެވެ. އޭގެ ތެރެއިން، 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އެގޮތުން، ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ. އަދި މި ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ހިއްކަން ފަށާފައިވަނީ ފުށިދިއްގަރުފަޅެވެ. ރަސްމާލެ ނަމުގައި އެ ސަރަހައްދު ތަރައްގީ ކުރުމުގެ ވަރަށް ބޮޑު ޕްލޭނެއް ސަރުކާރުން ގެންގުޅެއެވެ. ވެރިކަމުގެ ފުރަތަމަ މަސް ދުވަހު ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 8 މަސް ދުވަހުން ބިން ހިއްކުމަށް ތާވަލްކޮށްފައިވާއިރު، އެއީ މިހާރު ހުޅުމާލެ އޮތް ސައިޒުގެ ތިން ގުނަ ބޮޑު ބިމެކެވެ. މީގެ އިތުރުން، ގުޅިފަޅާއި ގިރާވަޅުފަޅު ވެސް ހިއްކަން މި ސަރުކާރުން ވެސް ވަނީ ނިންމާފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ނިމިދިޔަ ސަރުކާރުން ގެދޮރުވެރިންގެ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓްގެ މައްސަލައަށް މި ހަފްތާ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ