މާލެ: 31°C
މާލެ ސަރަަހައްދުން ގޯތި ލިބުނު މީހުންގެ ތެރެއިން ރަޖިސްޓްރީ ހަވާލުނުކޮށް ތިބި މީހުނަށް ރަޖިސްޓްރީ ދޭން ފަށައިފި

މާލެ ސަރަަހައްދުން ގޯތި ލިބުނު މީހުންގެ ތެރެއިން ރަޖިސްޓްރީ ހަވާލުނުކޮށް ތިބި މީހުނަށް ރަޖިސްޓްރީ ދޭން ފަށައިފި

January 3, 2024
2 ފަހަރު ބަލާފައި
މާލެ ސަރަަހައްދުން ގޯތި ލިބުނު މީހުންގެ ތެރެއިން ރަޖިސްޓްރީ ހަވާލުނުކޮށް ތިބި މީހުނަށް ރަޖިސްޓްރީ ދޭން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓީއިން މިއަދު ކުރި އިއުލަނެއްގައި ބުނީ ރަޖިސްޓްރީ ހަވާލުނުކުރެވި ތިބި މީހުންނަށް ރަޖިސްޓްރީއާއި ބިން ހަވާލުކުރުން މިއަދުން ފެށިގެން އެ މިނިސްޓްރީން ކުރިޔަށް ގެންދާނެކަމަަށެވެ.

އެމިނިސްޓްރީއިން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މީހުންނަށް އެ މިނިސްޓްރީން ފޯނުކޮށްގެން ނާއި އެސްއެމްއެސްގެ ޒަރިއްޔާއިން ދާންވާ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

އަދި އޭގެ އިތުރުން މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާޙްކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ