މާލެ ސަރަހައްދުން 6200 ގޯތި ދޭނަން: ރައީސް

މާލެ ސަރަހައްދުން 6200 ގޯތި ދޭނަން: ރައީސް
ލިޔުން:
ބިންވެރިޔާ ސްކީމްގެ ދަށުން 6200 ގޯތި ދޭނެ ކަަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެެވެ.
ގުޅިފަޅުގެ ބިންހިއްކުން ރަސްމީކޮށް އިފްތިތާހް ކުރައްވަމުން ރައީސް ވިދާާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ، މިއަދަދަކީ މީގެ ކުރިން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާ އަދަަދަށް ވުރެ ގިނަ އަދަދެއް ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދު ފެށި ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން ހިއްކައި، ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، މިހާރު އެފަޅުން 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި، ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
އަދި ހުޅުމާލެއިން 2200 ގޯތި ދޫކުރާއިރު، މިބުރުގައި ޖުމުލަ 6200 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު ގޯތި ދޫކުރެވޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މި ޕްރޮޖެކްޓް ބޮސްކާލިސްއާއި ހަވާލުކޮށްފާ ވަނީ 120 މިލިއަން ޔޫރޯ (ދެ ބިލިއަން ރުފިޔާ) އަށެވެ.
ބޮސްކާލިސް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ގާތްގަނޑަކަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ އެވެ. ނަމަވެސް ހިއްކާ ބިން ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖަހާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
