މާލެ: 31°C

މާލޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމާ، ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމާ ގުޅޭ މާސްޓާޕްލޭނެއް ހަދަނީ

މާލޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމާ، ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމާ ގުޅޭ މާސްޓާޕްލޭނެއް ހަދަނީ
June 15, 2023
2 ފަހަރު ބަލާފައި
މާލޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމާ، ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމާ ގުޅޭ މާސްޓާޕްލޭނެއް ހަދަނީ

މާލެ ސަރަހައްދުގެ ޓްރާންސްޕޯޓާ ގުޅޭ  މާސްޓަ ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި  ވަނީ "އިންޓިގްރޭޓަޑް ޓްރާންސްޕޯޓް މާސްޓަ ޕްލޭން ފޯ މާލެ އާބަން ރީޖަން"  މާސްޓާޕްލޭނަށް ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 9 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

އެ މިނިސްޓްރީން ބުނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލާ އެ މަސްޓާ ޕްލޭންގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު ބޭނުންކުރާ މިންވަރު ދެނެގަނެ، ދުރުރާސްތާ އަށް އެކަމަށް މީހުން ޝައުގުވެރިކުރުވާނެ ގޮތްތަކެއް ހޯދުމެވެ.

އަދި އެ މާސްޓާ ޕްލޭނުގައި، މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރެވޭނެ ގޮތްތަކާއި، ޕަބްލިކް ޓްރާންސްޕޯޓް ހަރުދަނާ ކުރެވޭ ގޮތްތަކުގެ އިތުރުން ވެހިކަލް މަދުކުރެވޭނެ ގޮތްތަކާއި، ޕާކިންގެ މައްސަލަތައް ކަހަލަ މާލެ ސަރަހައްދުގެ ޓްރާސްޕޯޓާ ގުޅޭ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ކުރެވޭނެ ގޮތްތައް ކަނޑައަޅާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މަލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަަތަކަކީ ބޮޑު މައްސަލަތަކެކެވެ. ޓްރެފިކް ތޮއްޖެހުމަކީ އާންމު ދައްޗަކަށް ވެފައި ވާ އިރު ، މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ވެސް ގިނައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ