
މާލެ ސަރަހައްދުގެ ފަގީރުންގެ ދަފްތަރުގައި ނަންނޯޓުކުރަން ހުޅުވާލައިފި
މާލެ ސަރަހައްދުގެ ފަގީރުންގެ ދަފްތަރުގައި ނަންނޯޓުކުރަން ހުޅުވާލައިފި
ލިޔުން:
މާލޭ ސަރަހައްދުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާ ގޮތުން، އެ މިނިސްޓްރީ އިން އެކުލަވާލެވިފައިވާ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަަހާ ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ފޯމު ހުށައެޅޭނެ ކަމަށާއި އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމަށާއި އެހެންކަމުން އެފަރާތްތައް އެ ދަފްތަރުގައި އަލުން ރަޖިިސްޓްރީވާކަށް ނުޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
