
މާލެ ސަރަހައްދުގެ 15 ރަށެއްގައި ޒަމާނީ ކުނިކޮށިތަކެއް ހަދަނީ
މާލެ ސަރަހައްދުގެ 15 ރަށެއްގައި ޒަމާނީ ކުނިކޮށިތަކެއް ހަދަނީ
ލިޔުން:
މާލެ ސަރަހައްދުގެ 15 ރަށެއްގައި ޒަމާނީ ކުނިކޮށިތަކެއް ހެދުމުގެ މަޝްރޫއެއް ފަށައިފި އެވެ.
އެ މަޝްރޫއުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ތިން ރަށެއްގައި ކުނިކޮށި ހަދަން ބަޔަކާ ހަވާލުކޮށްފައެވެ. އަދި އިއްޔެ ކ. ތުލުސްދު އާއި ހުރާގެ އިތުރުން ހިންމަފުށީގެ ކުނިކޮށީގެ މަސައްކަތް ވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
[embed]https://twitter.com/MoEnvmv/status/1658758345900331008?s=20[/embed]
އެގޮތުން ހުރާގެ ކުނިކޮށި ހަދަން 3.26 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، ހިންމަފުށީގެ ކުނިކޮށި ހަދަން 3.52 މިލިއަން ރުފިޔާ، އަދި ތުލުސްދޫ ކުނިކޮށީ ހަދަން 3.51 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ ކުންފުންޏާ ތިން ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ ހަ މަސްތެރޭގައި ނިންމާ ގޮތަށެވެ.
މާލެ ސަރަހައްދުގެ 15 ރަށެއްގެ ކުނިކޮށި ޒަމާނީ ފެންވަރަށް ހަދަން ކުރިއަށް ގެންދާ މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ސަރުކާރުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
