އެ މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

މާލެ ސަރަހައްދުގެ ފަގީރުންގެ ދަފުތަރަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
މާލެ ސަރަހައްދުގެ ފަގީރުންގެ ދަފުތަރަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
ލިޔުން:
މާލެ ސަރަހައްދުުގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިގިލިން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީން ބަލައި ގަންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00-12:00 އަށެވެ.
1444 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އެންގިފައި ނުވާ ފަރާތްތަކަކީ މި ވަގުތު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި 65 އަހަރު ފުރޭ ނުވަތަ ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުންނެވެ.
އެގޮތުން އަލުން ރަޖިސްޓްރީކުރަން ޖެހެނީ މިހާރު މާލޭގައި ދިރިނޫޅޭ ފަރާތްތަކާއި ދަފުތަރުގައި ރަޖިސްޓްރީކުރި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކާއި މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
