މާލެ: 31°C

މާލެ ސަރަހައްދުގެ 46000 އަށްވުރެ ގޭބީސީން ކަދުރު ގެންދިޔަ: އިސްލާމިކް މިނިސްޓްރީ

February 5, 2025
198 ފަހަރު ބަލާފައި
މާލެ ސަރަހައްދުގެ 46000 އަށްވުރެ ގޭބީސީން ކަދުރު ގެންދިޔަ: އިސްލާމިކް މިނިސްޓްރީ
ސައުދީ އަރަބިއްޔާއިން ދިވެހިންނަށް ރޯދަމަހަށް ހަދިޔާކުރި 50 ޓަނުގެ ތެރެއިން މާލެ ސަރަހައްދުގެ 46،251 ގޭބީން ކަދުރު ގެންގޮިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސައުދީ އަރަބިއްޔާއިން ދިވެހިންނަށް ރޯދަމަހަށް ހަދިޔާކުރި 50 ޓަނުގެ ތެރެއިން މާލެ ސަރަހައްދުގެ 46،251 ގޭބީން ކަދުރު ގެންގޮިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކަދުރުބަހަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މާލެ ހުޅުމާލެ ވިލިމާލޭގެ ގޭބީސީތަކަށް ކަދުރު ބަހަމުންގެންދިޔައީ އިސްލާމީ މަރުކަޒުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިހާރުވެސް ރަށްރަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ދާ ކަމަށާއި އަދި މިހާރުވެސް ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް ތަކުން ކަދުރު ގެންގޮސްފައިވާ ކަމަށެވެ. އިތުރަށް އެ މިނިސްޓަރީން ބުނެފައިވަނީ މިފަހަރަކީ މީ ގިނަ ޒަމާންތަކަކަށްފަހު ރޯދަ އައުމުގެ ކުރިން ކަދުރު ބެހުން ކުރިއަށްގެންދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މާލެ ސަރަހައްދުގެ 46،251 ގެއަކަށް 11،375 ޕެކެޓުގެ ކަދުރު ދޫކޮށްފައިވާ ކަމަށާއި އެހެން ރަށްރަށުގައި ބަހަން ކަނޑައެޅި ކަދުރު 56،461 ގެއަކަށް 10،788 ޕެކެޓް ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މިހާތަނަށް 22،163 ކަދުރު ޕެކެޓު ބަހާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ