މާލެ ސަރަޙައްދުގެ ގޭގެއަށް ބަހަން ކަނޑައެޅި ކަދުރު ބަހާ ހުސްވެއްޖެ އެވެ.
ސައުދީ އަރަބިއްޔާއިން ދިވެހިންނަށް ރޯދަމަހަށް ހަދިޔާކުރި 50 ޓަނުގެ ތެރެއިން މާލެ ސަރަހައްދަށް ކަދުރުބަހަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މާލެ ހުޅުމާލެ ވިލިމާލޭގެ ގޭބީސީތަކަށް ކަދުރު ބަހަމުންގެންދިޔައީ އިސްލާމީ މަރުކަޒުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާރުވެސް ރަށްރަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ދާ ކަމަށާއި އަދި މިހާރުވެސް ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް ތަކުން ކަދުރު ގެންގޮސްފައިވާ ކަމަށެވެ. އިތުރަށް އެ މިނިސްޓަރީން ބުނެފައިވަނީ މިފަހަރަކީ މީ ގިނަ ޒަމާންތަކަކަށްފަހު ރޯދަ އައުމުގެ ކުރިން ކަދުރު ބެހުން ކުރިއަށްގެންދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.







