މާލެ: 31°C

މާލެ ސާފުކޮށްލުމަށް ފަހު ވެމްކޯއިން އެދުނީ ކުނިނުނަގާ ނަމަ ގުޅަން!

December 31, 2022
2 ފަހަރު ބަލާފައި
މާލެ ސާފުކޮށްލުމަށް ފަހު ވެމްކޯއިން އެދުނީ ކުނިނުނަގާ ނަމަ ގުޅަން!
މާލެ ސާފުކޮށްލުމަށް ފަހު ވެމްކޯއިން އެދުނީ ކުނިނުނަގާ ނަމަ ގުޅަން!
މާލޭގެ އާއްމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް އިތުރުވުމުގެ ޝަކުވާތައް ގިނަވެ ސިއްހަތަށް ނުރައްކާ ވެދާނެތީވެ މިނިސްޓްރީ އޮފް އެންވާރަމަންޓްގެ އިރުޝާދުގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ވަނީ އިއްޔެއިން ފެށީގެން މާލޭ ސަރަހައްދުގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ވެމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެ އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިންގައިދާނެ ކަމުގެ ބިރު އޮތުމާ ގުޅިގެން، މިނިސްޓްރީ އޮފް އެންވާރަމަންޓް ގެ އިރުޝާދުގެ ދަށުން ވެމްކޯއިން ވަނީ އިއްޔެއިން ފެށިގެން މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފު ކުރަން ފަށާފައިވާ ކަމަށެވެ. އިއްޔެއާއި ރޭ، މާލޭގެ އާއްމު ތަންތަނުން ކުނި ނެގުމަށް ފަހު ވެމްކޯއިން މިއަދު ބުނީ ކުނި އުކައިލުމަށް އެ ކޯޕަރޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން ކުނި ނުނަގާ ހުރެއްޖެ ނަމަ އެ ކޯޕަރޭޝަނަށް އެކަން އަންގަން އެދޭ ކަމަށެވެ. ވެމްކޯއިން މިއަދު ކުރި ޓްވީޓެއްގައިވާ ގޮތުން، އެ ކޯޕަރޭޝަނުން ނަގަން ޖެހޭ ކުންޏެއް ނުނަގާ ހުރެއްޖެ ނަމަ ދެ ގޮތަކުން އެކަން އެންގޭނެ ކަމަށެވެ. [embed]https://twitter.com/WAMCOmv/status/1609035900570464258?s=20&t=jH2NRN4ZSJ4_8VrE0kEtHQ[/embed] އެެއްގޮތަކީ ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅައި އެ މައުލޫމާތު ދިނުމެވެ. އަނެއް ގޮތަކީ އެކޯޕަރޭޝަނުގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެމައުލޫމާތު ދިނުމެވެ. "އަޅުގަނޑުމެންގެ ޓީމުތަކުން، ވީ އެންމެ އަވަހަކަށް އެތަނަކަށް ދާނެ،" ވެމްކޯއިން މިއަދު ކުރި ޓްވީޓްގައި ބުންޏެވެ. ވެމްކޯއިން ހިދުމަތް ހޯއްދުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މަގުމައްޗައް ކުނި ނާޅަން އެދޭ ކަަމަށް އިއްޔެ ނެރުނު ބަޔާނުގައި ވެސް އެކޯޕަރޭޝަނުން ބުންޏެވެ. މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އާންމުންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަން އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. މާލެެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަން ކުރިން ސާފުކުރަމުން އައީ މާލޭ ސިޓީ ކައުންސިލާ އެކު ވެފައި އޮތް އެއްބަސް ވުމެއްގެދަށުން ވެމްކޯއިން ނެވެ. އެކަމަކު މިމަހުގެ 26 ވަނަ ދުވަހު ވަނީ އެ އެއްބަސްވުމުގެ މުއްދަތުހަމަވެފައެވެ. އެ އެއްބަސްވުން މާލޭ ސިޓީ ކައުންސިލުން އާ ނުކުރުމުން ވެމްކޯއިން ވަނީ މާލޭ ސަރަހައްދުގެ މަގުތަކާއި އާންމު ތަންތަނުން ސާފު ކުރުމާއި ކުނިނެގުން ހުއްޓާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ