މާލޭ މީހުންނަށް ގޯތި ލިބުމުން މަދު ބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން: ރީކޯ މޫސަ

މާލޭ މީހުންނަށް ގޯތި ލިބުމުން މަދު ބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން: ރީކޯ މޫސަ
ލިޔުން:
ގިނަ ދުވަސް ތަކަކަށް ފަހު މާލެގެ ރައްޔިތުންނަށް ގޯތި ލިބުމުން މަދު ބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން ކަމުގައި ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މުސާ މަނިކު ( ރީކޯ މޫސަ ) ވިދާޅުވެއެޖެ އެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ، މާލޭގެ ރަށްވެހިންގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ލިބުނު ކަމަށް ނެރުނު ލިސްޓާ ގުޅިގެން ސަރުކާރަށް އަމާޒުކޮށް ގިނަބަޔަކު ފާޑު ކިޔަމުން ދާތީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވިޓާގައި ރީކޯ މޫސަ ވިދާޅުވީ، މާލޭ މީހުނަށް ގޯތި ލިބުމަކީ 50 އަހަރުއެމީހުންކުރި ދުޢާ ކަމަށެވެ.
އެގޮތުން ރީކޯ މޫސަ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު ފެޓްވި މަސަކަތުން އެތަށްހާސްބަޔަކަށް ގޯތިޔަގީންވުމުން މާލޭމީހުންގެ މިއުފަލުގާ ބައިވެރިވުމުގެ ބަދަލުގާ މަދުބައެއްގެ ފިތުނައިގެ ހުޅުގަނޑުދިޔައީ ފަޅައިގެން ކަމަށެވެ.
https://twitter.com/ReekoMoosa/status/1674270805252018176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1674270805252018176%7Ctwgr%5E76498f808fb554e6090a0a338880de5051963436%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F315616
މީގެ އިތުރުން ރީކޯ މޫސަ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މާލޭގައި ސަރުކާރުހިނގުމާ ވިޔާފާރިއާ، އެހެންވެސް ހިދުމަތްތައް ފަށައިގަތީ މި ޖީލުގެ މާލޭމީހުން ކުރިކަމެއްނޫން ކަމަށެވެ.
އެހެން ކަމުން އެކަމާރުޅިއަރާބަޔަކު ،ސިޔާސީ ހަސަދަވެރިކަމެއްގާ ތިބެގެން މާލޭރައްޔަތުންނަށް އަދަބުދޭން އަޑުއުފުލި ކަމުގައިވީ ނަމަވެސް މާލޭގެ ގެދޮރުނެތް މީހުންގެ އިހްސާސްތަކަށް އިހްތިރާމްކުރުމަށް ވެސް ރީކޯ މޫސަ ވަނީ ގޮވާލާފައެވެ.
ސަރުކާރުން ވަނީ މިދިޔަ ހަފްތާ ބުދަ ދުވަހު "ބިންވެރިޔާ" ގެ މަޝްރޫއުގެ ދަށުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓްގައި 10،314 މީހަކަށް ގޯތިލިބޭކަމުގައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
