
މާލެ މަގުމަތީގައި ނަށާ ބިދޭސީ އަންހެނެއްގެ އުނދަގޫ ޖެހިއްޖެ
މާލެ މަގުމަތީގައި ނަށާ ބިދޭސީ އަންހެނެއްގެ އުނދަގޫ ޖެހިއްޖެ
ލިޔުން:
ދުއްވާ އެއްޗިއްސަށް ބެލުމެއް ނެތި މާލެ މަގުުމަތީގައި ނަށާ ބިދޭސީ އަންހެނެއްގެ އުނދަގޫ އަނެއްކާވެސް ޖެހިއްޖެއެވެ.
ރޭ ވަގުތެއްގައި ސޯޝަލް މީޑިއާގައި ދައުރު ވަމުން ދިޔަ ވީޑިއޯއަކުން ފެނިގެންދިޔައީ އަވި އައިނެއް އަޅައިގެން، ފައިވާނަކަށްވެސް ނަރާ ހުރި ބިދޭސީ އަންހެނަކު މާލޭގެ މަޖީދީ މަގުގައި ނަށާ ތަނެވެ.
އޭނާ މަގުމަތީގައި ޖައްސާ ވައްތަރުގެ ސަބަބުން ބޮޑަށް ބެލެވެނީ މަސްތު ހާލަތުގައި ހުރެގެން ކުރާ ކަމެއް ކަމަށެވެ. އަދި މަގުމަތިން ދުއްވާ އުޅަނދުތަކަށް ބެލުމެއްނެތި، މަގުގެ މެދަށް އަރައި، ނަށަމުން ގެންދިޔައެވެ.
އޭނާ އެގޮތަށް ކަންތަައް ކުރުމުން، ބައެއް މީހުންނަށް މަގުމަތިން ވެހިކަލް ދުއްވަން އުނދަގޫ ވެގެން އުޅޭތަންވެސް އެ ވީޑިއޯތަކުން ފެނިގެން ދެއެވެ.
މީގެެ ކުރިންވެސް އެ އަންހެން މީހާ މާލެ މަގުމަތީގައި ނަށައި، ބޭއަދަބީ ވައްތަރު ޖައްސައި، ޓްރެފިކަށް ހުރަސް އެޅޭ ގޮތަށް އުޅުނު ވީޑިއޯ ތަކެއް ވަނީ އާއްމުވެފައެވެ. ބެލެވޭ ގޮތުގައި އޭނާއަކީ ޔޫކްރެއިން އަންހެނެކެވެ.
މިކަމާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
