މާލެ: 31°C

މާލެއިން ގެއްލުނު މީހާ ފެނިއްޖެ

މާލެއިން ގެއްލުނު މީހާ ފެނިއްޖެ
May 17, 2023
2 ފަހަރު ބަލާފައި
މާލެއިން ގެއްލުނު މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ، 30،އެވެ.

ފުލުހުން ބުނީ، މިހާރު އޭނާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މިއަދު ހެނދުނު އާތިފް ސާފީ، ގެއްލިގެން ހޯދަން މިއަދު ފުލުހުން އިއުލާނުކުރީ، ހުކުރު ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހޯމަ ދުވަހުގެ ވަގުތެއްގައި ހުށަހެޅުމުންނެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ޑިޕާޓްމަންޓްތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ