
މާލެއިން ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ. ހާލު ރަނގަޅު: ފުލުހުން
މާލެއިން ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ. ހާލު ރަނގަޅު: ފުލުހުން
ލިޔުން:
މާލެ އިން ގެއްލިގެ ހޯދަން އިއުލާނު ކުރި އުމުރުން 18 އަހަރުގެ ޒުވާނާ ފެނިއްޖެ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ، ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) އުމުރުން 18 އަހަރުގެ ހުސައިން ޒިހާން ކަމަށެވެ.
އޭނާ ހޯދަން އިއުލާނު ކުރީ އާއިލާ އަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ފުލުހުން ބުންޏެވެ.
އޭނާގެ އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ ޒިހާން އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.
ފުލުހުން ދާދި ދެންމެ އަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޒިހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފއިވާ ކަމަށާއި، އޭނާ ފެނުނީ މާލެއިން ކަމަށެވެ. އަދި ފެނުނު އިރު ޒިހާންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިފަހުން ވެސް މާލެއިން ވަނީ 14 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދުމަށް އިއުލާނުކޮށްފައެވެ. ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން އެ ކުއްޖާ ވަނީ ހޯދަން އިއުލާނުކުރި ދުވަހުގެ ރޭ ފެނިފައެވެ. ނަމަވެސް ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އެ ޒުވާނާ އަދިވެސް ނުފެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
