
މާލެއިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮއްސި
މާލެއިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮއްސި
ލިޔުން:
މާލެއިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮއްސި އެވެ.
ފުލުހުން ބުނީ، އަޑިއަށް ގޮސްފައޮވަނީ 'ރިކާޑޯ' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށާއި، އެ ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑަ ކަމަށެވެ.
ފުލުހުން ބުނީ، އެ ދޯނި އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އދ. ޕޮލިސް ލޯންޗް އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި މީހުން ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެ ދޯނީގައި ތިބީ 8 މީހުން ކަމަށެވެ. އަދި އެ 8 މީހުން މަހިބަދޫ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދޯނީގައި ތިބި އެންމެން ގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ދޯނި މިހާރު ވަނީ އެއްކޮށް އަޑި އަށް ގޮސްފައެވެ.
ހުޅަނގު މޫސުމުގައި ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކަށް މެޓް އޮފީހުން ވަނީ އެލާޓް ނެރެފައެވެ. އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
