މާލެ: 31°C

މާލެއިން ފުރި މުދާ އުފުލާ ދޯންޏެއް ގެއްލިގެން ކޯސްޓްގާރޑުން ހޯދަން ފަށައިފި

މާލެއިން ފުރި މުދާ އުފުލާ ދޯންޏެއް ގެއްލިގެން ކޯސްޓްގާރޑުން ހޯދަން ފަށައިފި
May 12, 2023
2 ފަހަރު ބަލާފައި
މާލެއިން ފުރި މުދާ އުފުލާ ދޯންޏެއް ގެއްލިގެން ކޯސްޓްގާރޑުން ހޯދަން ފަށައިފި
މާލެއިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ، ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ.ގާފަރުގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު 10:40 ހާއިރު ކ.ގާފަރުން ފުރައިގެން ބ.ދަރަވަންދޫއަށް ދަތުރުކުރި "ޖަންބޯ" ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށައިފައިވާ ކަމަށެވެ.

އެ ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރުކަމށާއި، އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުން ކަމށް ވެސް އެމްއެންޑީއެފް ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި "ޖަންބޯ" ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެއްކެވެ. އެ ދޯނީގައި 2 މީހުން ދަތުރުކުރި ކަމަށްވެސް އެމްްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފަްިވާ ކަމަށް ވެސް އެމްްއެންޑީއެފް އިން ބުންޏެވެ.

މީގެއިތުރުން އެމްއެންޑީއެފްއިން ބުނީ، މިއަދުގެ 13:00 އާއި 13:30 ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަަށްތަރު ދޯންޏެއްކަމަށްލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 6 މޭލުބޭރުން ފެނުނު ކަމަށް އެސަރަހައްދުން ދަތުރުކުރި ދޯންޏަކުން މިރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ، މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 18:03 ހާއިރުކަމަށެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފްވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ