މާލެއިން އަނެއްކާ ވެސް ގިނަ އަަދަދެއްގެ ޑްރަގް ހޯދައި 4 މީހަކު ހައްޔަރުކޮށްފި

މާލެއިން އަނެއްކާ ވެސް ގިނަ އަަދަދެއްގެ ޑްރަގް ހޯދައި 4 މީހަކު ހައްޔަރުކޮށްފި
ލިޔުން:
މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތަންތަނާއި ހުޅުމާލޭގެ ތަންތަން ހިމެނޭ ގޮތުން ހަތަރު ތަނެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ކަމިޝަނަރް އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ފުލުހުން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި އަތުލައިގަތީ 11.26 ކިލޯގެ ކެނަބިސް އެވެ. އޭނާ ވިދާޅުވީ ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
[embed]https://twitter.com/M_Hameedh/status/1611959279925489665?s=20&t=0bB7dGYH1PktFcZLRr1w-w[/embed]
މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން ހުއްޓުވަން ހިންގާ އޮޕަރޭޝަންތައް ފަހަކަށް އައިސް ފުލުހުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅު މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަަސްތުވާތަކެތި އަތުލައިގަނެ، 17 މީހަކު ހައްޔަރުކުރި އެވެ. އެފަހަރުގެ އޮޕަރޭޝަނުގައި މާލޭގެ ތަންތަނާއި ހުޅުމާލޭގެ ތަންތަން ހިމެނޭ ގޮތުން ޖުމްލަ 10 ތަނެއް ބަލައި ފާސްކުރި އެވެ،.
މިދިޔަ ނޮވެމްބަރު މަހުވެސް ފުލުހުން މާލޭގައި ބޮޑެތި އޮޕަރޭޝަންތަކެއް ހިންގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތެވެ. އެފަހަރު 13.56 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ދެމީހަކު ހައްޔަރުކުރި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
