މާލެ: 31°C
މާލޭގެ މޭޔަރުކަމުގެ ހުވާ އާދަމް އާޒިމް ކުރައްވައިފި

މާލޭގެ މޭޔަރުކަމުގެ ހުވާ އާދަމް އާޒިމް ކުރައްވައިފި

January 22, 2024
3 ފަހަރު ބަލާފައި
މާލޭގެ މޭޔަރުކަމުގެ ހުވާ އާދަމް އާޒިމް ކުރައްވައިފި
މާލެސިޓީގެ މޭޔަރުކަމުގެ ހުވާ، އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކުރައްވައިފިއެވެ. މާލޭގެ މޭޔަރުކަމުގެ ހުވާ އާދަމް އާޒިމް ކުރައްވާފައިވަނީ އަލަށް އިންތިހާބުކުރެވުނު މާލެސިޓީގެ ކައުންސިލް މެމްބަރުން ހުވާކުރެއްވުމަށްޓަކައި މިރޭ ބޭއްވި މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ޖަލްސާގައެެވެ. https://twitter.com/MaleCitymv/status/1749470740674740712 މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަން އާދަމް އާޒިމް ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުން، ވާދަވެރި ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރާ ވާދަކޮށެވެ. ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމަށް ވަނީ 7621 ވޯޓު ހޯއްދަވާފައެވެ. އާޒިމާ އެންމެ ވާދަވެރި ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 5031 ވޯޓެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން ތިބިއިރު ވޯޓު ލާފައިވަނީ މަދުބައެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ