
މާލޭގެ މޭޔަރުގެ ގޮނޑި އެމްޑީޕީގެ އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
މާލޭގެ މޭޔަރުގެ ގޮނޑި އެމްޑީޕީގެ އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ލިޔުން:
މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން، އެމްޑީޕީގެ ކަނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިހާބު އާދަމް އާޒިމް ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުން، ވާދަވެރި ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރާ ވާދަކޮށެވެ.
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާތައް ދައްކާގޮތުން އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމަށް ވަނީ 5،400 ވޯޓު ލިބިފައެވެ. އާޒިމާ އެންމެ ވާދަވެރި ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 3،402 ވޯޓެވެ.
ތިންވަނައިގައި އުޅެނީ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް މުހައްމަދު ސައިފެވެ. އޭނާއަށް 1،720 ވޯޓު ލިބުނެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން ތިބިއިރު ވޯޓު ލާފައިވަނީ މަދުބައެކެވެ.
އިލެކްޝަން ކޮމިޝަނުން ނެރެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވޯޓުލުން ބަންދުކުރަން ގަޑިއިރަކަށްވީއިރުވެސް ވޯޓު ލާފައިވަނީ 26 އިންސައްތަ މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 54،680 މީހުންގެ ތެރެއިން 14،605 މީހުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
