މާލެ: 31°C
މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

February 13, 2024
3 ފަހަރު ބަލާފައި
މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ
މާލޭގެ އިމާރާތެއްގެ 9 ވަނަ ބުރިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ އޭސީ މަރާމާތު ކުރަން އުޅުނު ބިދޭސީ ފިރިހެނެކެވެ. އެ މީހާ ވެއްޓިފައިވަނީ ޗާންދަނީ މަގުގައި ހުރި ގެއެއްގެ ނުވަ ވަނަ ބުރީގެ ސިޑި ގޮޅި ތެރެއަށެވެ. ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިޖީއެމްއެޗުންް ބުނެފައިވަނީ ވެއްޓި އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެނައި މީހާގެ ހާލު ސީރިއަސް ކަމަށާއި އެމީހާ އަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ