މާލެ: 31°C
މާލޭގެ ގެއަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ

މާލޭގެ ގެއަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ

January 27, 2024
3 ފަހަރު ބަލާފައި
މާލޭގެ ގެއަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ
މާލޭ ގެއެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އޮތީ، މަރުވިތާ ގިނަދުވަސްވުމުގެ ސަބަބުން ވަރަށްބޮޑަށް ހަށިގަނޑު ހަލާކުވެފައެވެ. މަރުވެފައި އޮތްވާ ފެނުނު މި މީހާގެ ޖިންސެއް އަދި އެއީ ކާކުކަމެއްވެސް އަދި ސާފެއް ނުވެއެވެ. މި މީހާ ފެނިފައިވަނީ ނިކަގަސްމަގުގައި ހުންނަ ގެއަކުންނެވެ. ފުލުހުން ވަނީ އެމީހާގެ ހަށިގަނޑު އެތަނުން ގެންގޮސްފައެވެ. ހަށިގަނޑު ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށެވެ. އެ ސަރަހައްދުގައި ދިރިއުޅެމުންދާ ބައެއް މީހުން ބުނެފައިވަނީ އެއީ ޑޮކްޓަރަށް ދެއްކުމަށް މާލެ ފައިބާހުރި މީހެއްކަމަށެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެއީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި އޮތްކަން އެނގުނީ ހަބަރެއް ނުވެގެން ފުލުހުންނަށް 20:50 ހާއިރު ރިޕޯޓްކުރުމުން، ފުލުހުން އެ ގެއަށް އައިސް ބެލި ބެލުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ