މާލޭގެ ގެއެއްގައި ރަހީނުކުރި މީހުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

މާލޭގެ ގެއެއްގައި ރަހީނުކުރި މީހުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި
ލިޔުން:
މާލޭގެ ގެއެއްގައި ރަހީނުކޮށްގެން އުޅެނިކޮށް އިއްޔެ ސަލާމަތްކުރި މީހުންނަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަންނަށް ގޮސް، ބާރުގެ ބޭނުންކޮށްގެން، އެތެރެއަށް ވަދެ، ރަހީނުކޮށްފައި ތިއްބައި އިއްޔެ ހަވީރު ސަލާމަތްކުރީ ދިވެހި ތިން ފިރިހެނެކެވެ.
ފުލުހުން ބުނީ، ރަހީނުކޮށްފައި ތިބި މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް އެމީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ބުނީ ތިން މީހުންނަށް ވެސް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި މީހުންނަށް އަނިޔާތަކެއް ލިބިފައި ހުއްޓަސް، އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކަމަކު އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނި ގޮތުގައި ތިން މީހުން ރަހީނުކޮށްފައި ތިބީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގަ އެވެ. އެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި ދިވެހި ފިރިހެނަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
