މާލޭގެ ފެނުގެ ބެކަޕަކަށް، 13،000 ކިއުބިކް މީޓަރުގެ 2 ތާންގީ ހަދަނީ

މާލޭގެ ފެނުގެ ބެކަޕަކަށް، 13،000 ކިއުބިކް މީޓަރުގެ 2 ތާންގީ ހަދަނީ
ލިޔުން:
މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ބެކަޕްގެ ގޮތުގައި ބޭނުންކުރަން 13،000 ކިއުބިކް މީޓަރުގެ ދެ ފެން ތާންގީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ވޯޓަރ ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑަބްލައިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ އެކުންފުނިން މިހާރު އެންމެ އިސްކަމެއް ދެނީ ފެނުގެ ރިޒާވެއް ގާއިމްކުރުމުގެ މަސައްކަތަށް ކަމަށާއި ބޮޑު ދެ ތާންގީ ހަދަނީ އެގޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަން ސަރުކާރުން މިހާރު ވަނީ އެކުންފުންޏަށް ބިމެއް ވެސް ހަަމަޖައްސައިދީފަ އެވެ. އެއީ ކުރިން އެސްޓީއޯއިން ރެޑީމިކްސް ކޮންކްރީޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އައި 378 ނަމްބަރު ކޮށްޓެވެ.
" އެ ކޮށީގައި އަޅުގަނޑުމެން 13،000 ކިއުބިކް މީޓަރުގެ ދެ ޓޭންކް ބޭންދުމުގެ މަސައްކަތް އެބަ ކުރަމުން ދަން،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފެންތާންގީތައް ބެހެއްޓުމުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ރައްކާތެރިކަން އިތުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ފެންތާންގީ ޑިޒައިންކޮށް ނިމި، އެ ދެ ތާންގީއަށް ބޭނުންވާ ވަރުގަދަ ފައުންޑޭޝަންގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
"އެއީ ވަރަށް ވަރުގަދަ ފައުންޑޭޝަނެއް އަޅަން ޖެހޭ ތަނެއް. މާލޭގެ އުރަފަށާ ހިސާބުގައި މިވަރުގެ ތާންގީތަކެއް ޖަހަން ޖެހޭ އިރުގައި ވަަރަށް ވަރުގަދަ ޑިޒައިނެއް. ހަމަ އަޅުގަނޑުމެންނަށް ޔަގީންކަން އޮންނަ ވަރުގެ ޑިޒައިންނަކަށް ވާން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެން ދެތިން ފަރާތެއްގެ އިތުރު އޮޕީނިއަން ހޯދަން ޖެހުމުގެ ސަބަބުން ވަގުތު ވެސް ނެގި،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީގެ ފެނުގެ ނިޒާމަށް ކުރިން ދިމާވި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު ފެން އުފެއްދުން ވަނީ ޑީސެންޓްރަލައިޒްކޮށްފަ އެވެ. މިހާރު ފެން އުފައްދަނީ އޭނާ ވިދާޅުވި ގޮތުގައި ފެން ބިލްޑިންގް ގައި އެކަންޏެއް ނޫނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
