މާލެ: 31°C

މާލޭ ފަޅުތެރެއަށް އެޅިފައި ހުރި ކަޅުތެޔޮ ނަގަން ބޮޑު މަސައްކަތެއް

January 1, 2023
2 ފަހަރު ބަލާފައި
މާލޭ ފަޅުތެރެއަށް އެޅިފައި ހުރި ކަޅުތެޔޮ ނަގަން ބޮޑު މަސައްކަތެއް
މާލޭ ފަޅުތެރެއަށް އެޅިފައި ހުރި ކަޅުތެޔޮ ނަގަން ބޮޑު މަސައްކަތެއް
މާލޭ ފަޅުގެ ދެ ސަރަހައްދަކަށް އެޅިފައިވާ ގިނަ އަދަދެއްގެ ކަޅުތެޔޮ ނަގަން ސިފައިން ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހިއްޖެ އެވެ. އެމްއެންޑީއެފުން މިއަދު މެންދުރު ފަހު ބުނީ އެމްޕީއެލް ސަރަހައްދުގެ ފަޅުތެރެއަށާއި ރަސްމީ ފާލަން ކައިރިއަށް އެޅިފައިވާ ގިނަ އަދައްގެ ކަޅުތެޔޮ ނެގުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ސިފައިން ކުރަމުން އަންނަ ކަމަށެވެ. ފަޅުތެރެއަށް ކަޅުތެޔޮ އެޅިފައިވާ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު ހެނދުނު 9:10 އެހާކަށް ހާއިރު އެވެ. [embed]https://twitter.com/MNDF_Official/status/1609448703852679169?s=20&t=QZW-wyRHWYkhELn6JZ5MEg[/embed] އޭގެ ފަހުން މިއަދު ހަވީރު 6:00 އެހާކަށް ހާއިރު ބުނީ އެމްޕީއެލް ސަރަހައްދަށް އެޅިފައި ހުރި ކަޅުތެޔޮ ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި ރަސްމީ ފާލަން ކައިރިއަށް އެޅިފައިވާ ކަޅުތެޔޮ އިތުރަށް ފެތުރުނަ ނުދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޯސްޓްގާޑްގެ ހަލަވެލި އުޅަނދު ބޭނުންކޮށްގެން އެ ސަރަހައްދުގެ ބޭރުން ބޫމް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. " މިސަރަހައްދަަށް [ރަސްމީ ފާލަން ކައިރިއަށް] ގިނަ އަދަދަކަށް ތެޔޮ އެޅިފައި ވާތީ ތެޔޮ ނެގި، އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިރެޔާ އެއްކޮށް މަސައްކަތް ކޮށްގެން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ ދެ ސަރަހައްދަށް ކަޅުތެޔޮ އެޅުނީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ