މާލެ: 31°C
މާލޭ ގެއެއްގެ އޭސީގައި ރޯވެ، ބޮޑެތިގެއްލުންތަކެއް

މާލޭ ގެއެއްގެ އޭސީގައި ރޯވެ، ބޮޑެތިގެއްލުންތަކެއް

January 20, 2024
3 ފަހަރު ބަލާފައި
މާލޭ ގެއެއްގެ އޭސީގައި ރޯވެ، ބޮޑެތިގެއްލުންތަކެއް
މާލޭގެ ގެއެއްގެ އޭސީގެ އިންޑޯ ޔުނިޓްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެއެވެ. މިއަދު ހިނގި އެ ހާދިސާގައި ގެއްލުންވީ މާފަންނު ޕަރުވާނާގެއަށެވެ. ސިފައިން ބުނީ އެގެއިން ދުން އަރާކަމުގެ މައުލޫމާތު މިއަދު 14:14 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާއެކު، ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް މ. ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި ރޯވެފައި ހުރި އަލިފާން މިއަދު 14:30 ހާއިރު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވާކަމަށް ސިފައިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ