މާލޭގެ ބަންޑާރަ ގޯތި އަމިއްލަ ކުރެވޭ އަގުން 70 ޕަސެންޓް ކުޑަކޮށްފި

މާލޭގެ ބަންޑާރަ ގޯތި އަމިއްލަ ކުރެވޭ އަގުން 70 ޕަސެންޓް ކުޑަކޮށްފި
ލިޔުން:
މާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ކަނޑައަޅާފައިވާ އަގު، 70 ޕަސެންޓުން ކުޑަކުރުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލެ ސިޓީކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ 87 ވަނަ އާންމު ޖަލްސާގައި ފާސްކުރީ މާލޭގެ ބިން އަމިއްލަ ކުރުމަށް ކޮންމެ ކެޓަގަރީއަކުން މިހާރު ދައްކަން ޖެހޭ އަގު ކުޑަކުރުަމަށެވެ.
މާލޭ ސިޓީއިން ދޫކޮށްފައިވާ ގޯތިތަކުގެތެރޭގައި ހިމެނޭ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކާ އެ ގޯއްޗެއް ހިމެނޭ ޒޯނަކަށް ކަނޑައަޅާފައިވާ ކެޓެގަރީއެއްގެ އަގު ދައްކަން ޖެހެއެވެ. މާލޭގެ އެކި ސަރަހައްދުތަކުގެ ބަންޑާރަ ގޯތި އަމިއްލަ ކުރެވޭ އަގު އެގޯއްޗެއް ހިމެނޭ ޒޯނުގެ ގޮތުން ތަފާތުވެއެވެ. އަދި އިމާރާތުގެ އުސްމިނާއި ގޯތީގެ ބޮޑުމިނުން ވެސް އަގަށް ބަދަލުއާދެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މި އަގުތަށް ޒޯނުތަކަށް ބަހައިގެން ވަކި އުސޫލެއް ކަނޑައަޅާފައެވެ.
މިހާރު އަގުން ނަމަ 2000 އަކަފޫޓުގެ ތަނެއް އަމިއްލަ ކުރެވޭނީ 2.4 މިލިއަން ރުފިޔާއަށެވެ. މިއަދު ގެނައި ބަދަލާއެކު މިވަރުގެ ގޯއްޗެއް އަމިއްލަކުރަން އަރާނީ 720،000 ރުފިޔާ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ބަންޑާރަގޯތިތައް އަމިއްލަކުރަން ކުރިން ކަނޑައަޅާފައިވާ އަގުތަކަކީ ގޯއްޗެއް އަމިއްލަކުރަން ހުރަހަކަށް ވާ ވަރުގެ އަގުތަކެއް ކަމަށެވެ. އެހެންވެ އެ އަގުތައް ބަދަލުކޮށްދޭން ގިނަ ފަރާތްތަކަކުން އެ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިން އަމިއްލަ ކުރެވުނީމާ އެތަނުގެ އެސެޓް ވެލިއު ހައިވޭ. ލޯނު ނެގުމުގެ ފުރުސަތު ފަހިވެ، އޭގެ ސަބަބުން ، އެ ބިން އަމިއްލަވާ މީހާއާ އަދި އޭގެ ސަބަބުން ފުޅާ ދާއިރާއެއްގައި އެހެން ފައިދާތައް އިންޑަސްޓްރީއަށް ވެސް ކުރޭ،" މުއިއްޒު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
