
މާލޭގެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުންވެގެން ރިޕޯޓްކުރި: އެންޑީއެމްއޭ
މާލޭގެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުންވެގެން ރިޕޯޓްކުރި: އެންޑީއެމްއޭ
ލިޔުން:
ރޭ ފަތިހު މާލެއަށް ބޯކޮށް ވާރޭވެހުމުން ބައެއް ގެތަކަށް ގެއްލުންލިބި އެކަން ރިޕޯޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަޓް އޮތޯރިޓީން (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެއޮތޯރަޓީއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ ގެއްލުން ވެފައިވާ ކަމަށް އެއޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ. އެ ރިޕޯޓު މިބުމާއެކު އިމާޖެންސީ އޮޕަރޭޝަންސް ގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ފެންބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވުމާއި، ބައެއް ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެންލުން ލިބިގެން ތިން ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ގެތަކުގެ ހާލަތު ބަލައި ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. އަދި ހަމައެއާއެކު ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމައްޓަކައި މާލޭ ސިޓީ ކައުންސިލަށް އެ މައުލޫމާތު ފޯރުކޮށް ދީފައިވާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ރޭ ފަތިހު ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާއިރު އެންމެ ބޮޑަށް ފެންބަޑުވެފައިވަނީ މާފަންނުގެ ސަރަހައްދު ތަކަށެވެ. ބައެއް މަގުތަކުގައި ދޮޅުފޫޓަށް ފެންބޮޑުވެފައިވެއެވެ. އަދި އެމްއެންޑީއެފް އިން މަގު ފެންހިންދުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. މޫސުމާބެހޭ އިދާރާއިން މިއަދު ހެނދުނު ވަނީ ވައިޓް އެލާޓް ނެރެފައެވެ. ނަމަވެސް މިހާރު އެ އެލާޓް ވަނީ ކެންސަލްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
