މާލޭގެ 10 ތަނެއް ފާސްކޮށް، 4 ކިލޯގެ ޑްރަގް އަތުލައިގަނެފި

މާލޭގެ 10 ތަނެއް ފާސްކޮށް، 4 ކިލޯގެ ޑްރަގް އަތުލައިގަނެފި
ލިޔުން:
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް ހަތަރު ކިލޯގެ މަސްތުވާ ތަކެތި އަތުލައިގަނެފައިވާ ކަމަށް ޕޮލިސް ކޮމިޝްނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު މާލޭގައި 10 ތަނެއް ބަލާ ފާސްކުރީ ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތެއް ލިބިގެން ކަމަށެވެ. އެ އޮޕަރޭޝަނުގައި ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން 4.097 ކިލޯގެ ހެރޮއިން (މަސްތުވާތަކެތީގެ ބާވަތެއް) އަތުލައި ގަނެފައިވާ ކަމަށް ހަމީދު ވިދާލުވެފައިވެއެވެ. އެ އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކުރި އިރު، އެ އެންމެނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
[embed]https://twitter.com/M_Hameedh/status/1633042767583784962?s=20[/embed]
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ތިން ވަނައަށް އެންމެ ގިނައި ރިޕޯޓް ކޮށްފައި ވަނީ މަސްރުވާ ތަކެތީގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 310 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވެ އެވެ. އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މާލޭ ސަރަހައްދުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
