މާލެ: 31°C

މާލޭގައި މިރޭ ހަވާ އަރުވަނީ

މާލޭގައި މިރޭ ހަވާ އަރުވަނީ
March 29, 2023
2 ފަހަރު ބަލާފައި
މާލޭގައި މިރޭ ހަވާ އަރުވަނީ

މާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގައި މިރޭ ބާއްވާ ހަވާއެރުވުމުގެ ހަރަކާތަކީ އަމިއްލަ ފަރާތަކުން އެދިގެން ކުރާ ކަމެއް ކަމަށެވެ. މިރޭ 00:00 ގައި ހަވާއަރުވަން ހަމަޖެހިފައިވަނީ މާލޭގައި އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައެވެ. އެ ހަރަކާތް ކުރިއަށް ދާނީ، އެމްއެންޑީއެފުން ބުނި ގޮތުގައި ހަ މިނެޓެއްހާއި އިރަށެވެ.

މިރޭ ހަވާ އަރުވަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަން އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވި ނަމަވެސް މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިޔަށްގެންދާ ހަރަކާތެއް ކަމުގައި އެމްއެންޑީއެފްއިން ބުންޏެވެ.

ރާއްޖޭގައި ހަވާއެރުވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި އެމްއެންޑީއެފް އަށެވެ. އެމްއެންޑީއެފް އިން އެކަން ކުރަނީ އެ އިދާރާގެ ތެރޭގައި އުފައްދާފައިވާ ސިފައިންގެ ޖަމިއްޔާ ، ސިފްކޯ އިން ކުރާ ވިޔަފާރިއެއް ގޮތަށެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ