މާލެ: 31°C

މާލޭގައި މިދިޔަ މަހު 195 ކައިވެނި ކުރި އިރު 127 ވަރި

February 22, 2023
2 ފަހަރު ބަލާފައި
މާލޭގައި މިދިޔަ މަހު 195 ކައިވެނި ކުރި އިރު 127 ވަރި
މާލޭގައި މިދިޔަ މަހު 195 ކައިވެނި ކުރި އިރު 127 ވަރި
މިދިޔަ ޖެނުއަރީ މަހުގެ  މާލޭގައި 195 ކައިވެނި ކުރި އިރު 127 ކައިވެންޏެއް ރޫޅުނު ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު އެކޯޓަށް އެންމެ ގިނައިން ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ. ޖެނުއަރީ މަހު އެކަނި އެކޯޓަށް ވަރީގެ 147 މައްސަލައެއް ހުށަހެޅިއިރު، އޭގެ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާ އެކު ވަރީގެ ޖުމްލަ 166 މައްސަލައެއް މިދިޔަ މަހު އެ ކޯޓުން ނިންމިއެވެ. ކޯޓުން ބޭރުން ވަރި ކުރުމަށް ފަހު ވަރި ސާބިތު ކުރުމުގެ 89 މައްސަލައެއް މިދިޔަ މަހު އެކޯޓުން ބެލި އިރު އޭގެ ތެރެއިން 49 މައްސަލަ އަކީ މިދިޔަ މަހު އެކަނި ހުށަހެޅި މައްސަލައެވެ.  އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ހަރަދުގެ މައްސަލައެވެ. މީގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި 10 މައްސަލައަކާއި ހަރަދުގެ ހަ މައްސަލައެއް އެ ކޯޓުން މިދިޔަ މަހު ނިންމާފައިިވާ އިރު އެކޯޓުން ބެލި އާއިލީ  އިތުރު މައްސަލަ ތަކުގެ ތެރޭގައި ގެވެށި އަނިޔާއާއި ވަލީ ހޯދުމުގެ މައްސަލަތަކާއި ބަލަދުވެރިކަމުގެ މައްސަލަތަކާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ