
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮއްލައިފި
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮއްލައިފި
ލިޔުން:
މާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮއްލަިފިއެވެ.
ފުލުހުން ބުނީ އަމީނީ މަގު ގިޔާސުއްދީން ސްކޫލް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓެއް ލިބުނީ މިއަދު 16:10 އެހާކަށް ހާއިރު ކަމަށާއި އެ ރިޕޯޓް ލިބުމާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، ޒަހަމްވީ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ އުމުރުން 26 އަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗް އިމަރޖެންސީ ގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މިމަހުގެ 11 ވަނަ ދުވަހު ވެސް ވަނީ މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
