މާލެ: 31°C

މާލޭގައި ހުރި ސީއެޗްއެސްސީ ގައި އަލުން ކިޔަވައިދޭން ފަށައިފި

މާލޭގައި ހުރި ސީއެޗްއެސްސީ ގައި އަލުން ކިޔަވައިދޭން ފަށައިފި
September 1, 2024
2 ފަހަރު ބަލާފައި
މާލޭގައި ހުރި ސީއެޗްއެސްސީ ގައި އަލުން ކިޔަވައިދޭން ފަށައިފި
މާލޭގެ ސީއެޗްއެސްސީ އިމާރާތް މަރާމާތުކޮށް ނިންމައި އަލުން ހުޅުވައި ކިޔަވަދޭން މިއަދު ފަށައިފިއެވެ. އެޑިއިކޭޝަން މިނިސްޓާ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭގައިި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް އަލުން ގާއިމުކޮށް ކިޔައިދޭން ފަށާފައިވާކަމަށާއި، މި ސްކޫލު ވެގެންދާނީ ފުރަމާލޭގައިހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށްކަމަށެވެ. މި ބަދަލާއެކު، މަތީ ސާނަވީއަށް އުނގެނުމަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެކަމަށާއި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށްވެސް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓާރ ވިދާޅުވީ، މާލޭގައިހުރި ސީއެޗްއެސްސީ އިމާރާތުގައި ކިޔަވައިދޭން ނިންމާފައިވަނީ އޯލެވެލް ނިންމާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނާތީ، އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ދިނުމަށްކަމަށެވެ. އަދި ސީއެޗްއެސްސީގެ ކުރީގެ އިމާރާތުގައި އަލުން އޭލެވަލް ކިޔަވައިދޭން ފެށިނަމަވެސް ހުޅުމާލޭގައި ހުންނަ ޢިމާރާތުގެ ކިޔަވައިދިނުމަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށް ކަމަށް ވެސް މިނިސްޓާރ ވިދާޅުވިއެވެ. މީގެ ކުރިން މިނިސްޓަރު ވަނީ، ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މާލޭގައިހުރި ސީއެޗްއެސްއީގެ އިމާރާތުގައި ކިޔަވައިދިނުން  ހުއްޓާލާއި ސީއެޗްއެސްސީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ