
މާލޭގައި ހިންގާ ސްޕާތައް ބަލައިފާސްކޮށް 7 އަންހެނަކު ހައްޔަރުކޮށްފި
މާލޭގައި ހިންގާ ސްޕާތައް ބަލައިފާސްކޮށް 7 އަންހެނަކު ހައްޔަރުކޮށްފި
ލިޔުން:
މާލޭގައި ހިންގާ ސްޕާތައް ބަލައިފާސްކޮށް 7 އަންހެނަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ، މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިމިގްރޭޝަނުން އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 7 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައަިވެއެވެ.
މީގެ އިތުރުން ވަޒީފާދިން ފަރާތްތަކުގެ ތެރެއިން ވެސް 7 ފަރާތަކަށް ނޯޓިސްދީފައިވާ ކަމަށާއި، މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޓީމުން ވެސް ބައިވެރިވެފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ހާއްސަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނާއި ފުލުހުންނާއި އަދިވެސް ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެ އޮޕަރޭޝަންގެ ފުރަތަމަ ދުވަހު އެކަނިވެސް 50 ބިދޭސީން ވަނީ އަތުލައިގަނެފައެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
