މާލެ: 31°C
މާލޭގައި ހަވާއެރުވުމާއެކު ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމައިފި

މާލޭގައި ހަވާއެރުވުމާއެކު ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމައިފި

April 4, 2024
2 ފަހަރު ބަލާފައި
މާލޭގައި ހަވާއެރުވުމާއެކު ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމައިފި
"މަގޭ އީދު" ގެ ނަމުގައި މާލޭގައި ކުލަގަދަކޮށް ފިތުރު އީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. އެ ދުވަހަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން ސިޓީ ކައުންސިލުން "އެކްސްގައި" ކުރި ޕޯސްޓުގައި ބުނީ ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން، ފެންކުޅުމާއި، ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ބޭއްވުމަށް ނިންމާފައިވެއެވެ. އީދު ދުވަހުގެ ހަރަކާތްތައް:
  • އީދު ދުވަހުގެ ހެނދުނު 9:30 ގައި ރަސްފަންނުގައި ފެންކުޅުން
  • ހަވީރު 4 ޖަހާއިރު ބޮޑުމަސް ނެރުމާއި މާލި ޕެރޭޑް (މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމަތިން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް)
  • ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯވ
  • ރޭގަނޑު 10:00 ގައި އާޓިފިޝަލް ބީޗުގައި ފަޔަރވޯކްސް (ހަވާއެރުވުން)
https://twitter.com/MaleCitymv/status/1775083922822685072 ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގައި އޮންނަ ފެން ކުޅުން އިވެންޓުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ "ހާއްސަ އީދު ޓީޝާޓު" ގަންނަން ޖެހޭނެ ކަމަށެވެ. މި ޓީޝާޓު 195 ރުފިޔާއަށް ގަންނަން ލިބޭނެ ކަަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ. މާލޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ އީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ވެސް ނިންމައިފައެވެ. މާލޭގައި ވެސް ގިޑިގެތައް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އީދު ދުވަހަކީ ގިނަ ބަޔަކު އާއިލާއާ އެކު ބޭރަށް ނުކުންނަ ދުވަހަކަށްވާތީ މަގުމަތީގައި ހަމަޖެހިލައިގެން އުޅެވޭނެ ގޮތް ހެދުމަށް މިއަހަރު ވެސް ހަވީރު 4:00 އިން ރޭގަނޑު 8:00 ޖަހަންދެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ. އެ ވަގުތު ހާއްސަކޮށްފައި ވަނީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ