މާލެ: 31°C

މާލޭގައި ފެން ބޮޑުވުން ހައްލުކުރަން އިތުރު ހޮޅިތަކެއް އަޅަނީ

މާލޭގައި ފެން ބޮޑުވުން ހައްލުކުރަން އިތުރު ހޮޅިތަކެއް އަޅަނީ
June 1, 2023
2 ފަހަރު ބަލާފައި
މާލޭގައި ފެން ބޮޑުވުން ހައްލުކުރަން އިތުރު ހޮޅިތަކެއް އަޅަނީ
މާލޭގެ ބައެއް ސަރަހައްދުތަކުގައި ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ހަ ސަރަހައްދެއްގައި ހޮޅި އެޅުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީން ދަނީ މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދަތީ، އާންމުންގެ ހިޔާލު ހޯދުމަށް ސާރވޭ އެއް ހިންދަމުންނެވެ. އެގޮތުން، މިމަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ މި ސަރަހައްދުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެން ކަމަށާއި އެ ހޮޅިއަކީ މިހާރު މާލޭ މަގު ހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެ ފަލަ ހޮޅިތަކެއްކަން ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން އާންމުކުރި ކުރެހުންތަކުގައިވާ ގޮތުން މި ހޮޅިތައް ވަޅުލަނީ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި ދަރުމަވަންތަ ހޮސްޕިޓަލު ކުރިމަތިން ބޭރު މަގުގަ އާއި ރަސްފަންނު އަދި މަޖީދީމަގުގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން ބޭރު މަގުން ވެސްޓް ޕާކާ ދެމެދުގައި އޮންނަ ސަރަހައްދުގައެވެ. މި މަޝްރޫއުގެ އަށް ތިނެއް ނުވަތަ ހަތަރު މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭކޮށް، އެ މުއްދަތުގައި އެ ސަރަހައްދުގެ މަގުތައް ބޭނުންކުރާ މީހުންނަށް ދަތިތަކެއް ދިމާވެދާނެކަމަސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެ މަޝްރޫއު ފަށާ ދުވަހެއް މިނިސްޓްރީން އަދި އިއުލާން ކޮށްފައެއް ނުވެއެވެ. މޫސުން ގޯސްވެ، ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތައް ފޭން ބޮޑުވުމުން، ހިނގާބިނގާވެ އުޅުމާއި އުޅަދުތައް ދުއްވަން ދަތިވާ މައްސަލަ އަކީ އަބަދުވެސް ދިމާވާ ބޮޑު މައްސަލަ އެކެވެ. މިކަނުގައި އާންމުންގެ ޝަކުވާ ވެސް އިންތިހާއަށް ލިބެމުން ދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ