މާލޭގައި ބާއްވަން އުޅުނު ހިންދޫންގެ ދީނީ ފެސްޓިވަލެއް ފުލުހުން ހުއްޓުވައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ 7 ވަނަ ދުވަހު "ޕޮންގަލް 2025" ގެ ނަމުގައި މާލޭގައި ބާއްވަން ތައްޔާރުވަމުންދިޔަ ފެސްޓިވަލް އާއި ގޫޅެ މައުލޫމާތު ލިބުމާ ގުޅިގެން އެ ފެސްޓިވަލް ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށާއި، އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އިންތިޒާމު ކުރި ފަރާތުންވެސް މައުލޫމަތު ދީފައިވާ ކަމަށެވެ.
މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުނެފައިވެއެވެ.
ފެބްރުވަރީ 07 ވަނަ ދުވަހު "ޕޮންގަލް 2025" ގެ ނަމުގައި ބޭއްވުމަށް ރާވަމުންދިޔަ ފެސްޓިވަލްއާ ގުޅޭ pic.twitter.com/VtfgZAYKpe
— Maldives Police (@PoliceMv) February 2, 2025
މި ފެސްޓިވަލް ރާއްޖޭގައި ބޭއްވުމަށް ނިންމާފައި އޮތީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.







