މާލެ: 31°C

މާލޭގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
September 8, 2024
2 ފަހަރު ބަލާފައި
މާލޭގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގަިއފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ، މާފަންނު ބަސް ޓާމިނަލް ކައިރި ދެ ސައިކަލެއް ޖެހިއެވެ. ފުލުހުން ބުނީ، މިރޭ 18:29 ހާއިރު މާފަންނު ބަސް ޓާމިނަލް ކައިރި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، ފަރުވާ ދެމުންދަނީ 1 ދިވެހި ފިރިހެނަކާއި 2 ބިދޭސީ ފިރިހެނުންނަށް ކަމަށެވެ. މާލެ ސަރަޙައްދުގައި މިމަހު އާދަޔާ ހިލާފަށް ބޮޑެތި އެކްސިޑެންޓުތައް ދަނީ ހިނގަމުންނެވެ. އެގޮތުން ހުކުރުވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ޒުވާނާގެ އިތުރުން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 23 އަހަރުގެ ޒުވާނެއްވެސް ވަނީ ނިޔާވެފައެވެެ. މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ މަހަކު މަގުމަތީގެ 200 އަށް ވުރެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން، ފުލުހުންގެ ވެބްސައިޓުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓުގެ ނިޔަލަށް ޖުމްލަ 1907 އެކްސިޑެންޓް ވަނީ ރިޕޯޓްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ