މާލެ: 31°C
މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށް

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށް

January 13, 2024
3 ފަހަރު ބަލާފައި
މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށް
ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްތަކުގެ ހުސްވެފައިވާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ. ވޯޓުލުން ފަށާފައިވަނީ ހެނދުނު 08:00 ގައެވެ. ވޯޓުލުން މިއަދު ހަވީރު 17:00 ނިޔަލަށް ކުރިއަށްދާނެއެވެ. މީގެ ކުރިން ނިންމާފައި އޮތީ މިއަދުގެ 16:00 ޖެހުމާއި ހަމަޔަށް ވޯޓުލުން ކުރިއަށްގެންދާ ގޮތަށެވެ. ނަމަވެސް ވިއްސާރަވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ 5 ޖެހުމާއި ހަމަޔަށް ވަގުތު އިތުރުކޮށްފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން އެބަތިއްބެވެ. މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވުމާއި ގުޅިގެންނެވެ.

މާލޭގެ މޭޔަރުކަމަށް މިފަހަރުގެ އިންތިހާބުގައި ޖުމްލަ 5 ކެންޑިޑޭޓުން ވާދަކުރެއެވެ. އެ ކެނޑިޑޭޓުންނަކީ:

  • އާދަމް އާޒިމް - އެމްޑީޕީ
  • އާއިޝަތު އާޒިމާ ޝަކޫރު - ޕީއެންސީ
  • މުހައްމަދު ސައިފް ފާތިހު - ދަ ޑިމޮކްރެޓްސް
  • ޝުއައިބު އަލީ (ފުރަހަނި) - އަމިއްލަ ގޮތުން
  • ހުސައިން ވަހީދު -  އަމިއްލަ ގޮތުން
ވޯޓުލާންދާ ތަން ޗެކް ކުރުމަށް އެސްއެމްއެސް ކުރާނީ، VR (space) NID ޖެއްސުމަށްފަހު 1414 އަށެވެ. މިހާތަނަށް އާއިރު، އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް އަދި އާޒިމާ ޝަކޫރުވެސް ވަނީ ވޯޓު ލައްވާފައެވެ. https://twitter.com/MDPSecretariat/status/1746009845382393923 މާލޭގެ މޭޔަރު ހޮވުމުގެ އިތުރުން މިއަދު ކުރިއަށްދާ އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ އިތުރުން މެދުހެންވޭރު ދާއިރާއަށް އިންތިހާބުކުރާ ކައުންސިލަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ