މާލެ: 31°C

މާލެ ސިޓީ ކައުންސިލުން ހެދި އުސޫލުތަކުގެ މައްސަލަ ސްޓެލްކޯ އިން ހައިކޯޓަށް ހުށަހަޅައިފި

February 2, 2023
2 ފަހަރު ބަލާފައި
މާލެ ސިޓީ ކައުންސިލުން ހެދި އުސޫލުތަކުގެ މައްސަލަ ސްޓެލްކޯ އިން ހައިކޯޓަށް ހުށަހަޅައިފި
މާލެ ސިޓީ ކައުންސިލުން ހެދި އުސޫލުތަކުގެ މައްސަލަ ސްޓެލްކޯ އިން ހައިކޯޓަށް ހުށަހަޅައިފި
މާލެ ސިޓީ ކައުންސިލުން ހެދި ދެ އުސޫލެއްގެ ދަށުން މާލޭގެ މަގުތަކުގައި ކުރާ މަސައްކަތަށް ނަގާތީއާ  އަގު ބޮޑުކޮށްފައިވާތީ އެ އުސޫލުތަކަކީ ޤާނޫނާ ހިލާފަށް ހަދާފައިވާ އުސޫލުތަކެއް ކަމަށް ބުނެ، އެ އުސޫލުތައް ބާތިލުކުރަން ސްޓެލްކޯއިން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާލޭ ސިޓީކައުންސިލުން ހެދި އުސޫލުތަކަކީ ރައްޔިތުންނަށް ޖެއްސުންކުރުމުގެ ނިޔަތުގައި ހަދާފައިވާ އުސޫލުތަކެއް ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފަށް އަމަލުކުރަން ފެށި އުސޫލުތަކެއް ކަމަށް ވެސް ބުންޏެވެ.   " ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭސިޓީކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް މިކުންފުނިން މިއަދު ވާނީ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި." ސްޓެލްކޯއިން ބުންޏެވެ. 
އަދި "މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތް ކުރުމުގެ އުސޫލު" އާއި "މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދުކޮށްގެން މަސައްކަތް ކުރުމުގާއި ބެހޭ އުސޫލު" ގެ މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް އެދި ވެސް ސްޓެލްކޯ އިން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.  [embed]https://minivan.mv/79517/[/embed]
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސިޓީ ކައުންސިލުން އެ އޫސުލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ނުވާކަމަށާއި އެހެން ނަމަވެސް އެވަރުގެ ނިންމުންތައް ނިންމުުމުގެ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ. އަދި ސްޓެލްކޯއިން އެ އުސޫލުތައް ގަބޫލުނުކުރާނެ ކަމުގައެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ