- ކޮންމެ ގްރޫޕަކުން 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- މުޅިމުބާރާތުން 1 ވަނަ -/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- 3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މާލެ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތަށް ބޮޑު ތަރުޙީބެއް!

މާލެ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތަށް ބޮޑު ތަރުޙީބެއް!
ލިޔުން:
ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޤުރުއާން އަދި މަދަޙަ މުބާރާތަށް ބޮޑު ތަރުޙީބެއް ލިބފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ވޭތުވެ ދިޔަ އަހަރެކޭ އެއްފަދައިން ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މިއަހަރު 1060 ކުދިން ބައިވެރިވެފައިވެ އެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިންނާއި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.
މި މުބާރާތް ކުރިއަށް ގެންދަންް ހަމަޖެހިފައިވަނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން މި ދެ މުބާރާތުގެ ރެކޯރޑިންސް ތަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އަގުހުރި އިނާމްތަކެއް ކަނޑައެޅިފައިވާ މި ދެ މުބާރާތް ރަމަޟާންމަހު ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ނަމަވެސް އެ ނޫން ހުރިހާ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި އޭގެން ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. މި ވަނަތަށް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވޭނެއެވެ.
މިފަދަ މާތް މައްސަރެއްގައި މި މުބާރާތްތަށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ކުދިންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކޮށް ކުދިންގެ މިފަދަ ހުނަރުތައް ކުރިއެރުވުމަށް މަގުފަހި ކޮށްދިނުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ :
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
