މާލެ: 31°C

މާލެސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މާލެސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
May 21, 2023
3 ފަހަރު ބަލާފައި
މާލެސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
ކުލަގަދަ ރަސްމިއްޔާތެއްގައި އަގުހުރި އިނާމް ތަކަކާއިއެކު މާލެ ސިޓީ ކައުންސިލުން 1444 ވަނަ އަހަރުގެ ރަމަޟާންމަހުގައި ބޭއްވި ކީރިތި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅު ކޮށްފިއެވެ. އެ ހަފްލާ ބެއްވީ ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. އެ މުބާރާތުން ވަނަވަނަ އައި ފަރާތްތަަކަަށް ދިން އިނާމްތަކުގެ ތެރޭގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ތައްޓާއި، ކައުންސިލުން ދޭ ހަނދާނީ ލިޔުމާއި، ހަނދާނީ ފިލާ، ކައުންސިލުންދޭ ހަދިޔާ އާއި ކައުންސިލުންދޭ ފައިސާގެ އިނާމްގެ އިތުރުން ލޮޓަސް ފިހާރައިން ދީފައިވާ ހަދިޔާ، އަދި ބައިސްކަލް ހިމެނެއެވެ. މީގެ އިތުރުން ރެޑްވޭވް ގެ ފަރާތުން ހަދިޔާކުރެއްވި ޓީވީ އާއި ސައުންޑް ބަރ ވެސް ހިމެނެއެވެ. މީގެ އިތުރުން މި ދެ މުބާރާތުގެ މުޅިމުބާރާތުން ވަނަތަކަށް އައި ކުދިންނަށް ދިރާގުގެ 50 މެގަބައިޓް 3 މަހުގެ ފައިބަރ ކަނެކްޝަން، އަދި ދިރާގުގެ 50 މެގަބައިޓް 6 މަހުގެ ފައިބަރ ކަނެކްޝަން ހިލޭ ދީފައިވެއެވެ. އަދި އޫރިދޫގެ ފަރާތުން މުބާރާތުގެ ޝަރަފުވެރި ވަނަތަކަށް ވަނީ ފައިސާފެ އިނާމް ސްޕޮންސަރ ކޮށްދެއްވާފައެވެ. މުޅި މުބާރާތުގެ ގުރުއާން ނުބަލާ ކިޔުމުގެ ގޮފިން އަދި ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނައަށް އުރީދޫއިން ވަނީ 20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ. އަދި މަދަހަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް  ވެސް 10000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ.

މާލެސިޓީ ކައުންސިލުން ވަނީ މުބާރާތުގެ ވަނަތަކަށް އައި ދަރިވަރުންނަށް ފައިސާގެ އިނާމްގެ ގޮތުގައި 3000 (ތިންހާސް) ރުފިޔާއިން ފެށިގެން 25000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދީވާފައެވެ.

6 އުމުރުފުރާ އަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި ދެ މުބާރާތް ވެސް އިންސާފު ކޮށްދެއްވީ ރާއްޖޭގެ ނަން މަޝްހޫރު ގާބިލް ފަނޑިޔާރުންނެވެ.

މިއަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ގުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙހަ މުބާރާތުގައި 304 ބައިވެރިންނެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ