މާލެ: 31°C
މާލެސިޓީ ކައުންސިލްގެ ތިން މެމްބަރަކު ޕީއެންސީއަށް

މާލެސިޓީ ކައުންސިލްގެ ތިން މެމްބަރަކު ޕީއެންސީއަށް

January 25, 2024
3 ފަހަރު ބަލާފައި
މާލެސިޓީ ކައުންސިލްގެ ތިން މެމްބަރަކު ޕީއެންސީއަށް
މާލެސިޓީ ކައުންސިލްގެ އިތުރު ތިން މެމްބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގަންނަވައިފިއެވެ. މިރޭ ޕީއެންސީ އާ ގުޅިވަޑައިގެންނެވި ކައުންސިލް މެމްބަރުންނަކީ:
  • އިބްރާހިމް އަބޫބަކުރު - މާފަންނު ހުޅަނގު ދާއިރާ
  • މުހައްމަދު އަރީޝް - މާފަންނު ހުޅަނގު އުތުރު ދާއިރާ
  • އާއިޝަތު ނާޒިމާ - މައްޗަންގޮޅި ދެކުނު ދާއިރާ
https://twitter.com/ProgressPartyMV/status/1750528498727616990 ޕީއެންސީއާ އަލަށް ގުޅުނު ތިން މެމްބަރުން ވަނީ އެ މެމްބަރުންގެ ފޯމްތައް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް އާ ހަވާލުކުރައްވާފައެވެ. މިރޭ ޕީއެންސީއާ ގުޅުނު ކައުންސިލް މެމްބަރުންގެ ތެރެއިން އަރީޝް ކައުންސިލަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައެވެ. އަދި ރިޝްވާނުވެސް މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ. ނަމަވެސް ހުވާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ނާޒިމާ ނިސްބަތްވެ ވަޑައިގަންނަވަނީ ޕީޕީއެމަށެވެ. މާލެސިޓީ ކައުންސިލްގައި ޖުމްލަ 19 ކައުންސިލަރުން ތިއްބަވާއިރު، މީގެ ތެރެއިން 16 ކައުންސިލަރުން ނިސްބަތްވެ ވަޑައިގަންނަވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ