މާލެ: 31°C
މާލެސިޓީ ކައުންސިލްގެ ބޮޑެތި މަޝްރޫއުތައް ސަރުކާރަށް ބަދަލުކުރުން ހުއްޓުވުމަށް އާޒިމް ގޮވާލައްވައިފި

މާލެސިޓީ ކައުންސިލްގެ ބޮޑެތި މަޝްރޫއުތައް ސަރުކާރަށް ބަދަލުކުރުން ހުއްޓުވުމަށް އާޒިމް ގޮވާލައްވައިފި

January 17, 2024
3 ފަހަރު ބަލާފައި
މާލެސިޓީ ކައުންސިލްގެ ބޮޑެތި މަޝްރޫއުތައް ސަރުކާރަށް ބަދަލުކުރުން ހުއްޓުވުމަށް އާޒިމް ގޮވާލައްވައިފި
މާލެސިޓީ ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބޮޑެތި މަޝްރޫއުތައް ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލުކުރަން ނިންމުމުން، އަލަށް އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު، އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މާލެސިޓީގެ މިއަދު އޮތް ކައުންސިލް ބައްދަލުވުމުގެ 130 ވަނަ ޖަލްސާގައި ވަނީ ބައެއް މަޝްރޫއުތައް އަވަސްކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މިނިސްޓްރީއަށް ބަދަލުކުރުމަށް ހުށަހަޅައި ފާސްކޮށްފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއިރު އޭނާއަކީ ކުރިން ކައުންސިލުން ހިންގި މަޝްރޫއުތަކާ ހަވާލުވެގެން ހުންނެވި ފަރާތެވެ. ޝާހިދު މިއަދު ވަނީ މިއަދުއޮތް ބައްދަލުވުމުގައި ބައެއް މަޝްރޫއުތައް ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ. https://twitter.com/adamazim/status/1747646377725943815 މިކަމާއި ގުޅިގެން އެކްސްގައި މާލެސިޓީ ކައުންސިލްގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެކަންކަން ކުރިއަށްގެންގޮސްފައި އެވަނީ، ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ކަމަށެވެ. އާޒިމް ވަނީ ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓަވާލެއްވުމަށް ގޮވާލައްވާފައެވެ. އަދި އޭނާ ވަނީ، މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށްވެސް އެދިފައެވެ. https://twitter.com/MaleCitymv/status/1747506844149657956 ސަރުކާރުގެ މެޖޯރިޓީ އޮންނަ މާލެސިޓީ ކައުންސިލުން މިއަދު ވަނީ، އެ ޖަލްސާއަށް ހުށަހެޅި ކަންކަން އެ ހުށަހެޅިގޮތަށް ފާސްކުރުމަށް ވޯޓުދީފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 11 ކައުންސިލަރުގެ ތެރެއިން 10 ކައުންސެލަރަކު ވަނީ ބޮޑެތި މަޝްރޫއުތައް ސަރުކާރުގެ ކަމާއި ބެހޭ މިނިސްޓްރީއާ ހަވާލުކުރުމަށް ތާއީދުކޮށް ވޯޓުދެއްވާފައެވެ. މާލެސިޓީގެ މޭޔަރުކަމާ އަލަށް އިންތިހާބުވެ ވަޑައިގެންނެވި އާދަމް އާޒިމް މަގާމުގެ ހުވާކުރައްވާނީ އަންނަ ހަފްތާގެ ހޯމަދުވަހެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ