މާލެ: 31°C

މާލޭ ބަލަހައްޓަން 78 މަގުފާރަވެރިން ނެރެފި

މާލޭ ބަލަހައްޓަން 78 މަގުފާރަވެރިން ނެރެފި
May 15, 2023
2 ފަހަރު ބަލާފައި
މާލޭ ބަލަހައްޓަން 78 މަގުފާރަވެރިން ނެރެފި
މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް "މަގުފާރަވެރިން" ގެ ގޮތުގައި 78 މީހުން ހަމަޖައްސައި މާލެ ސިޓީ ކައުންސިލުން އެމީހުންނާއި މަަސައްކަތް ހަވާލުކޮށްފިއެވެ. އެމަސައްކަތް ހަވާލުކުރީ ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މާލެ ސިޓީ ކައުންސިލުން ބޭއްވި ހަފަލާއެއްގައެވެ. އެ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" އިން މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޔުނިޓުގެ ދަށުން މަގުފާރަވެރިންގެ ގޮތުގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ. އެ ޔުނިޓް ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ. [embed]https://twitter.com/MaleCitymv/status/1657958447428829184[/embed] އެ ކައުންސިލުން ބުނި ގޮތުގައި އެ ޔުނިޓުގެ  ޒިންމާއަކީ އާންމުންނަށް އުނގަދޫވާ ގޮތަށް ހުރި ކަންކަން ބަލައި އެ ކަންކަން އިސްލާހު ކުރުމެވެ. އެގޮތުން މަގު ފާރަވެރިންނަށް ހަވާލުކޮށްފައިވާ ބައެއް ޒިންމާތަކުގެ ތެރޭގައި:

- މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން.

- ޕެލެޓް ބެހެއްޓުން.

- މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން.

- ޕާކް ކުރުމުގެ މައްސަލަތައް.

- ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން)

- އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުން.

- ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން.

އެ މުވައްޒަފުން މާލެ ތެރޭގައި ހަރަކާތްތެރިވާއިރު އެފަދަ ކަންކަން ކުރާ މީހުން ފެނިއްޖެ ނަމަ އެ މީހުންނަށް ވަކިން ނަސޭހަތް ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ. އިސްލާހު ނުވާ ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެއެވެ.

ރޭގެ ހަފްލާގައި މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާ އޭނާ ހަވާލުވެވަޑައިގެންނެވި ފަހުން އެކައުންސިލުގެ ޒިންމާ ތައް ދެގުނައަށް ބޮޑުވެފައިވާ ކަމަށެވެ. "މިއީ ބޮޑު ޒިންމާއެއް. އަޅުގަނޑުމެން މިކަން މި ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް އަޅުގަނޑުމެން މި ކުރަނީ. ވަރަށް ގިނަ ބަޔަކަށް ވަޒީފާ ލިބިއްޖެ،" މޭޔަރު ވިދާޅުވި އެވެ. ާލެ ސިޓީ ކައުންސިލުން ވަނީ ވެށިފާރަވެރިންގެ ނަމުގައި މާލޭތެރޭގެ ކުނި ނެގުމުގެ މަސައްކަތަށް ވެސް މުވައްޒަފުން ހަމަޖައްސާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ