މާލެއަށް ވޯޓުލާން ކުރިން ރީރެޖިސްޓާވި މީހުން އަލުން ރީރެޖިސްޓްރީ ވާކަށްނުޖެހޭނެ: އީސީ

މާލެއަށް ވޯޓުލާން ކުރިން ރީރެޖިސްޓާވި މީހުން އަލުން ރީރެޖިސްޓްރީ ވާކަށްނުޖެހޭނެ: އީސީ
ލިޔުން:
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރެޖިސްޓާވި މީހުން އަލުން ރީރަޖިސްޓްރީ ވާން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިފި އެވެ.
އީސީން މިގޮތަށް ނިންމާފައިވާކަން ހާމަކުރީ، އިންތިހާބާ ގުޅިގެން ޕީއެސްއެމް އިން ކުރިޔަށް ގެންދިޔަ "ރާއްޖެ މިއަދު" ޕޮރޮގްރާމުގައި ވާހަކަ ދައަކަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެވެ.
ހަބީބް ވިދާޅުވީ، ކޮންމެ ރިޔާސީ އިންތިހާބެއްގައި ވޯޓުލުމަށްޓަކައި ރީ-ރެޖިސްޓާ ކުރަން ބަލާއިރު ކޮންމެ މީހެއްގެ ދާއިމީ އެޑްރެސްގައި ވޯޓުލާ ގޮތަށް ކުރީންސުރެ އަމަލުކުރަމުން ދާކަމަށާއި، އެހެންނަމަވެސް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން މިފަހަރު ނިންމީ ސުމަކުން ނުފަށާ ގޮތަށް ކަމަށެވެ.
ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހަބީބް ވިދާޅުވީ، ރީރަޖިސްޓްރީކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، އެއާއެކު މި ފަހަރުގެ ލިބޭނެ ފަސޭހައަކީ އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން ކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓުނަގާ ނިމުމަށްފަހު، ބާކީ ހުންނަ ވޯޓުކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދު ކުރުމުގެ ކުރީން، އެ ކަރުދާސްތަކަކީ އިންވެލިޑް ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައިހުންނަ ފަރާތުން، ބާކީ ހުންނަ ވޯޓު ކަރުދާސްތައް ޕަންޗު ކުރާނެ ކަމަށް، އިންތިހާބާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ނިންމަވާފައި ވާކަމަށެވެ.
https://twitter.com/IsmailHabeeb/status/1677006845880434688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1677006845880434688%7Ctwgr%5E665543e49b7177df3684d3a5f18cded7d0d44441%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F179358
މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ވޯޓާސް ލިސްޓަށް ޝަކުވާގެ މުއްދަތު ހަމަވުމުން މި އަދަދު ބަދަލުވުން އެކަށީގެންވާ ކަމަށް އިލެކްޝަންސުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
