މާލެ: 31°C
މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، އެމްއެންޑީއެފް އިން ފެން ހިންދަން ފަށައިފި

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، އެމްއެންޑީއެފް އިން ފެން ހިންދަން ފަށައިފި

January 12, 2024
3 ފަހަރު ބަލާފައި
މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، އެމްއެންޑީއެފް އިން ފެން ހިންދަން ފަށައިފި
މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ. މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހެމުންދާތީ، ޕަންޕު ޖަހައިގެން މަގުތަކުން ފެންހިންދުމުގެ މަަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ކުރަމުން ދާކަމަށް އެމްއެންޑިއެފް އިން ދެންމެ ވަނީ ބުނެފައެވެ. މާލެއަށް ބޯކޮށް ވާރޭ ވެހޭ އިރު ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެގޮތުން ގާތްގަނޑަކަށް 212,138 މީހުން މާލޭގައި ދިރިއުޅެމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން ވެހިކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ހުރަސްއެޅެއެވެ. ބައެއް ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ ސައިކަލުތަކުގެ އިންޖީނާ ހަމައަށް ފެން އަރާ ސައިކަލުތަކަށް ބޮޑެތި ގެއްލުން ވާއިރު، އެންމެ ފަހުން ކުރި ވިއްސާރައިގައި ގިނަ ގެތަކަށް ފެން ވަދެ، މުދަލަށް ގެއްލުންވެ ބައެއް ގޭގޭއިން މީހުން ނިކުންނަށް ވެސް ޖެހުނެއެވެ. އެގޮތުން މިމަހު ކުރީކޮޅު ކުރި ވިއްސާރައިގައި ގެއްލުންވި 11 ގެ އަކުން 54 މީހަކު ވަގުތީ ތަންތަނަށް ބަދަލު ކުރަންޖެހުނެވެ. މާލޭ ސަރަހަައްދަށް މިވަގުތު އޮތީ މޫސުމާ ބެހޭ ގައިމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ