މާލެ: 31°C
މާލެ އާއި ވިލިމާލެ އާދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

މާލެ އާއި ވިލިމާލެ އާދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

January 3, 2024
2 ފަހަރު ބަލާފައި
މާލެ އާއި ވިލިމާލެ އާދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
މާލެ އާއި ވިލިމާލެ އާދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މި ހިދުމަތް ދިނުމަށްޓަކައި ލޯންޗު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރަމްޒީ ތަޅުދަނޑި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ސީ އެމްބިއުލާންސް ބޭއްވުމަށް ނިންމާފައިވަނީ ވިލިމާލޭގެ ބަނދަރުގައި ކަމަށާއި ސީ-އެމްބިއުލާންސް ބަލަހައްޓަމުން ގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ކަމަށެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުން އެންމެ އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދެމުން ނުދާތީ، ހިދުމަތްތައް ރަނގަޅު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ ރަސްމިއްޔާތުގައި ވިލިމާލޭގެ ރައްޔިތަކު ވެސް ވަނީ އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަހްމަދު ޒާހިރު ބުނީ ވިލިމާލޭގައި ސީ-އެމްބިއުލާންސް އޮތުމުން އެކަމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ