މާލެ: 31°C
މާލެ އާ ރަސްމާލެ ގުޅުވާލަދޭނި ކަނޑުއަޑީގެ ރީތި ޓަނަލަކުން: ރައީސް ޑރ.މުއިއްޒު

މާލެ އާ ރަސްމާލެ ގުޅުވާލަދޭނި ކަނޑުއަޑީގެ ރީތި ޓަނަލަކުން: ރައީސް ޑރ.މުއިއްޒު

January 22, 2024
3 ފަހަރު ބަލާފައި
މާލެ އާ ރަސްމާލެ ގުޅުވާލަދޭނި ކަނޑުއަޑީގެ ރީތި ޓަނަލަކުން: ރައީސް ޑރ.މުއިއްޒު
ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ހިއްކަމުންދާ ރަސްމާލެ އާ - މާލެ ގުޅުވާލުމަށް ހަމަޖެހިފައިވަނީ ކަނޑުއަޑީގައި ބިނާކުރެވޭ ޓަނަލަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލެސިޓީގެ ކައުންސިލް މެމްބަރުން ހުވާކުރެއްވުމަށްޓަކައި މިރޭ ބޭއްވި މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީ އާ ގުޅުވާލެވިގެންދާނީ އަންޑަ ވޯޓަރ ޓަނަލަކުން ކަމަށާއި މި ފަންނީ މަސައްކަތް ކުރުމަށްޓަކައި، އެންމެ ފުރަތަމަ މަރުހަލާގައި ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށެވެ. ރައީސް ވިދާޅުވީ މި ޓަނަލް ފަރުމާކުރާނީ އޭގެ ތެރެއިން ރޭލުގައި ދަތުރުކޮށްފައިދާއިރު، ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ މި މަސައްކަތް ކުރުމަށްޓަކައި، މިކަމުގެ ތަޖުރިބާކާރު ކުންފުނިތަކާއެކު ފީޒިބިލިޓީގެ މަސައްކަތް ފަށާފައިވާއިރު، މިއީ ރާއްޖެއަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނޭ ކަމެއް ކަމަށެވެ. ސަރުކާރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރު މަދުވެގެން ކޮންޓްރެކްޓް ހަވާލު ކުރި ކުންފުނިން ހަރަދުކުރަންޖެހޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. "ރަސްމާލެ" ނަމުގައި ތަރައްގީ ކުރާ އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ.  ފުށިދިއްގަރުން 1093 ހެކްޓަރު ބިން ލިބޭ އިރު، މި މަޝްރޫޢުއަށް ސަރުކާރުން ހަރަދެއް ނުކުރެއެވެ. އޭގެ ބަދަލުގައި ސަރުކާރުން ވަނީ މަސައްކަތް ހަވާލުކުރި ސީއެމްސީސީ އަށް އެތަނުން 60 ހެކްޓަރު ބިމާއި ހުޅުމާލެއިން 10 ހެކްޓަރު ބިން ދިނުމަށް ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ