މާލެ: 31°C
މޯލްޑިވިއަންގެ ދަތުރުތައް އާރޓީއެލް އާ ދިމާވާގޮތަށް ޝެޑިއުލް ކުރަނީ

މޯލްޑިވިއަންގެ ދަތުރުތައް އާރޓީއެލް އާ ދިމާވާގޮތަށް ޝެޑިއުލް ކުރަނީ

August 5, 2024
2 ފަހަރު ބަލާފައި
މޯލްޑިވިއަންގެ ދަތުރުތައް އާރޓީއެލް އާ ދިމާވާގޮތަށް ޝެޑިއުލް ކުރަނީ
ޤައުމީ އެއަރލައިން އާއި އާރޓީއެލް ގުޅިގެން ފުލައިޓް ދަތުރުތަކާއި އާރޓީއެލް ގުޅޭނޭހެން ޝެޑިއުލްތަކަށް ބަދަލުގެނައުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެމުން، މޯލްޑިވިއަންގެ ފަރާތުން ހާމަކުރި ގޮތުގައި، މިހާރު ގެނެވުނު ބަދަލާއެކު މާލެއިން ކޫއްޑޫއަށް ކޮންމެ ދުވަހަކު ހެނދުނު ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓާ ދިމާކޮށް، ކޫއްޑޫއަށް އާރްޓީއެލް ފެރީ ޚިދުމަތް ލިބެން ހުންނާނެއެވެ. މީގެއިތުރުން، މޯލްޑިވިއަންއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިއީ މި މަޝްރޫޢުގެ ފެށުމެއް ކަމަށާއި، މޯލްޑިވިއަންގެ ޝެޑިއުލްޑް ދަތުރުތައް ހަމަޖެހިފައިވާ ހުރިހާ އެއަރޕޯޓަކަށްވެސް މި ޚިދުމަތް ފުޅާކުރުމަށްޓަކައި، އާރްޓީއެލްއާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ. މޯލްޑިވިއަންގެ ޙިދުމަތް ރައްޔިތުންނާ ގާތުން ކުރަމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ކަސްޓަމަރ ކެއާރ ހޮޓްލައިންގެ ޙިދުމަތްވެސް ވަނީ ތަޢާރަފްކޮށްފައެވެ. ހޮޓުލައިން ނަންބަރަކީ 1671 އެވެ. އާރޓީއެލްގެ ފެރީގެ ޙިދުމަތް މިހާރު ރާއްޖޭގެ 9 އަތޮޅެއްގައި ތަޢާރަފްކޮށްފައިވާއިރު އާރޓީއެލް ބަހުގެ ޙިދުމަތް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުދުއްފުށި ސިޓީގެ އިތުރުން ލ.އަތޮޅާއި ހއ.ދިއްދޫގައި ވަނީ ފޯރުކޮށްދޭން ފަށާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ